ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދަމުންދާ "ގަންގޫބާއީ ކާތިއާވާޅީ" ނެޓްފްލިކްސް އިން ބެލޭނީ އަންނަ މަހުގެ ފަހުކޮޅުކަމަށް ނެޓްފްލިކްސް އިން ބުނެފިއެވެ.
މީގެކުރިން ނެޓްފްލިކްސްއިން ވަނީ އެ މީހުންނަށް ލިބޭ ފިލްމުތައް ސިނަމާތަކުގައި ދަކަންފަށާތާ މަހެއް ފަހުން ނެޓްފިލިކްސް އިން ސްޓްރީމުކުރަން ފަށާފައެވެ. އެހެންނަމަވެސް "ގަންގޫބާއީ ކާތިއާވާޅީ" ސިނަމާތަކުގައި ލިބެމުން އަންނަ ބޮޑު ތަރިހޫބުގެ ސަބަބުން ފިލްމް ނެޓްފިލްސްއިން އާއްމުކުރުން މި ވަނީ އިހަށް މަޑުޖައްސާލާފައެވެ. މިގޮތަށް ނިންމީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުންވެސް އެކަމަށް އެދޭތީއެވެ.
ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް މިދިޔަ މަހު 25 ގައި ސިނަމާތަކުގައި ދައްކަން ފެށި "ގަންގޫބާއީކާތީއާވާޅީ" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ކެރެކްޓަރ ރޯލުން ބަޠަލާ އާއިލާ ބަޓް ފެންނަ މި ފިލްމު އެޅުވި ދުވަހު އިންޑިއާއިން އެކަނިވެސް 10.50 ކްރޯޑް ރުޕީސް ލިބުނެވެ. އަދި ޖެހިގެން އައި ދުވަހު 13.3 ކްރޯޑް ރުޕީސް ލިބުނުއިރު އޭގެ އަނެއް ދުވަހު އެ ފިލްމަށް 15.30 ކްރޯޑް ލިބިފައިވެ އެވެ. މި ފިލްމުގެ ފައިދާ މިހާރުވަނީ 100 ކްރޯޑް ރުޕީސްއާ ގާތްކޮށްފައެވެ.
ބަޔޯގްރޮފިކަލް ކްރައިމް ޑްރާމާއެއް ކަމަށްވާ "ގަންގޫބާއީ ކާތިއާވާޅީ" އަކީ އިންޑީއާގެ އުޅުނު އަންހެން ގޭންގްސްޓާރެއްކަމަށްވާ ގަންގޫބާއީ ކަތިއާވާޅީގެ ވާހަތައް ކިޔައިދޭ ފިލްމެކެވެ. މި ފިލްމު އުފައްދާފައިވަނީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ހުސެއިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ" އަށެވެ.
މި ފިލްމުގައި އާލިއާގެ އިތުރުން އަޖޭ ދޭވްގަން އާއި ވިޖޭ ރާޒް އަދި ޝަންތަނޫ މަހޭޝްވަރު މުހިންމު ރޯލުތަކުން ފެނެ އެވެ.