އެކްތާގެ ކަޕޫރުގެ މަޝްހޫރު ޓީވީ ޝޯ "ނާގިން" ގެ 6 ވަނަ ސީޒަން މިހާރު ދައްކަމުން ދާއިރު މި ޝޯއަކީ ގިނަ ބައެއްގެ ތަރުހީބު ބޮޑު ޝޯއެކެވެ. ބިގް ބޮސް ތަރި ތޭޖަސްވީ ޕްރަކާޝް އާއި ސިމްބާ ނަގްޕާލްގެ ކެމިސްޓްރީވެސް އެހާ ގުޅެއެވެ. ޝޯ ފެށިތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި ޝޯ ގެ ޓީއާރްޕީ ވެސް ވަނީ މަތިވެފައެވެ.
މި ޝޯއަށް ތޭޖަސްވީ ނެގި ގޮތުގެ ވާހަކަ މިހާރު އެއީ ބައު ވާހަކައެކެވެ. އެހެންނަމަވެސް މީގެ ޕްރަތާގެ ރޯލަށް އެންމެ ފުރަތަމަ އެކްތާ ނެގީ ތޭޖަސްވީގެ އެއް ނޫނެވެ. ތޭޖަސްވީގެ ކުރިން ބައެއް އެހެން ތަރިންނަށް އެކްތާ މި ރޯލު ހުށައެޅިއެވެ.
ނާގިން ފުރަތަމަ ހުށައެޅި ތަރިންގެ ތެރޭގައި ހިމެނުނީ ބިގް ބޮސް 13 ވަނަ ސީޒަނުން ވިދާލި ޝެހެނާޒް ގިލްއެވެ. ލޯބިވެރިޔާ ސިއްދާތުގެ ކުއްލި މަރުގެ ހިތާމައިން އަދިވެސް އަރައި ނުގަނެވިގެން އުޅޭ ޝެހެނާޒް މި ރޯލު ދޫކޮށްލީ ޓީވީން ބްރޭކެއް ނަގައި އާއިލާ އާއިއެކު ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށް ބުނެއެވެ.
މިވެސް ބިގް ބޮސްއިން އާއްމުންނަށް ތައާރަފުވެ މަގްބޫލުކަން ހޯދި ފަންނާނެކެވެ. ބިގްބޮސް އަށް ފަހު ބައެއް ލަވަތަކުން ވެސް މާހިރާ ފެނިގެންދިޔައެވެ. ނާގިންގެ ރޯލަށް މާހިރާ ނެގުމަށް އެންމެ ބޮޑަށް އެދުނީ އޭނާގެ ފޭނުންނެވެ. އެމީހުންވަނީ މާހިރާގެ ނަން ނާގިންގެ ޕްރޮޑަކްޝަން ޓީމަށްވެސް ހުށައަޅާފައެވެ. މިއާއިއެކު އެކްތާ ވަނީ މާހިރާއަށް ޕްރަތާގެ ރޯލު ހުށަވެސް އަޅާފައެވެ. ނަމަވެސް މާހިރާއަކަށް އޮޑިޝަނުން ސީރީޒާއި ހަމައަށް ދެވޭވަރެއް ނުވިއެވެ.
މީ ނާގިން 5 ގެ ތަރިވެސް މެއެވެ. އެކްތާ ސުރުބީ ޗަންދާއަށް ވެސްމި ރޯލު ހުށަހައެޅިއެވެ. އެހެންނަމަވެސް ޝުރުބީ ކީ އެކްތާ ގަޔާވާ އަގަށްވުރެ މާ ބޮޑު އަގަކެވެ. އެހެންކަމުން ޝުރުބީގެ އަގު އެކްތާ ގަބޫލުނުކޮށް އޭނާގެ ބަދަލުގައި އެހެން މީހަކު ހޯދަން ފެށިއެވެ.
"ސްވަރާގްނީ ދެވާންޝީ" "ސޫފިޔާނާ ޕިޔާރު މެރީ" ގެ ލީޑްރޯލުން ފެނުނު ހެލީއަށް މި ރޯލު ހުށަހެޅިއިރު އޭނާ ވަނީ "އެކް ކަހާނީ" އަށް ސޮއިކޮށްފައެވެ.
މިދިޔަ އަހަރު ދެއްކި "އިޝްޤުމޭ މަރުޖާވާ" އަދި "ތެރި މޭރީ އެކް ޖިންދްރީ" އިންވެސް ފެނުނު އެލީޝާ ޕަންވާރަށްވެސް ވަނީ ޕްރަތާގެ ރޯލު ހުށަހަޅާފައެވެ. ނަމަވެސް އެލީޝާ މި ރޯލު ކުޅެން ބޭނުންނުވެ ހުށައެޅުން ދޫކޮށްލީއެވެ. ކޮން ސަބަބަކާއި ހުރެކަމެއް ނޭނގެއެވެ.