ދުނިޔެ

އައިއެސްގެ ޙަމަލާތަކެއްގައި ސޫރިޔާގެ 135 މީހަކު މަރުވެއްޖެ


ސޫރިޔާގެ އިރުމަތީ ހިސާބެއްގައި އައިއެސް ހަގުރާމަވެރިންދިން ހަމަލާތަކެއްގައި 135 މީހަކު މަރާލައިފިއެވެ.ސީރިއަން އޮބްޒަރވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި އައިއެސްގެ ހަގުރާމަވެރިންތަކެއް ސޫރިޔާގެ އިރުމަތީގެ ދެސިޓީ ކަމަށްވާ ދޭރް އަދި އެޒޯރަށް އިއްޔެ ވަދެގަނެ އަމިއްލަޔަށް މަރުވެގެން ސަރުކާރުގެ އިމާރާތްތަކަށާ ތަންތަނަށް ހަމަލާތަކެއް ދީފައިވާކަމަށެވެ. އެޖަމާއަތުން ބުނި ގޮތުގައި މިހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އާންމުންގެ 85 މީހުންނާ ސޫރިޔާ ސިފައިންގެ 50 މީހަކު ހިމެނެއެވެ.