އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވި ކުށްވެރިން
ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އީރާނުގެ ތިން ޤައިދީއަކަށް އެމެރިކާގެ
ރައީސް ބަރަކް އޮބާމާ މާފުދެއްވައިފިއެވެ.
ވައިޓް ހައުސްއިން ބުނީ އީރާނާ ދެކޮޅަށް އެމެރިކާ ކުރިން އަޅާފައިވާ
ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވީކަމުގެ ކުށުގައި ހައްޔަރުކޮށްފައިވާ އީރާނުގެ
ތިން މީހުންނަށް އޮބާމާ މާފު ދެއްވައިފި ކަމަށާ މިމައްސަލާގައި ތުހުމަތުކުރެވޭ
އިތުރު ފަސްމީހަކަށް ލުއި ދިނުންމަށްވެސް އޮބާމާ ނިންމަވާފައިވާ ކަމަށެވެ.
ކުށްވެރިން ބަދަލުކުރުމާ ބެހޭގޮތުން އީރާނާއި އެމެރިކާއާ
ދެމެދު އެއްބަސްވި އެއްބަސްވުމުގެ ދަށުން އީރާނުން ވެސްވަނީ ޖާސޫސް ކުރުމުގެ
ކުށުގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ 5 މީހުން މިދިޔަ ހޮނިހިރު ދުވަހު
މިނިވަންކޮށްފައެވެ.
މި 5 މީހުންނަކީ އީރާން ދަރިކޮޅުގެ އެމެރިކާގެ 5 މީހުންނެވެ.
އެމީހުން އަނބުރާ އެމެރިކާއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން ގެންދާކަން
އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ ހާމަކޮށްފައެވެ.