އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެން އީރާނަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފިނަމަ އެކަމުގެ ގެއްލުން ވަރަށް ބޮޑުވާނެކަމަށް ވިދާޅުވެ ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވާހަކަ ދައްކަވައިފިއެވެ. ޖުބައިރު ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެން އީރާނަށްލިބޭ މާލީ ތަނަވަސްކަމާއި ފައިސާ ނުބައި ހަރަކާތްތަކަށް ބޭނުންކޮށްފިނަމަ އެކަން ކާރިޘާއަކަށް ވެގެންދާނެކަމަށާ ނަމަވެސް އެފައިސާ އީރާން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ބޭނުންކޮށްފިނަމަ ސައޫދީ އަރަބިއްޔާއިން އެކަމަށް މަރްޙަބާ ކިޔާނެކަމަށެވެ. މިއީ އީރާނާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިފަހުން ސައޫދީ އަރަބިޔާގެ އިސް މަސްއޫލުވެރިއަކު އެކަމާބެހޭގޮތުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.