ދުނިޔެ

ސަޢުދީން އީރާނާއިއެކު ގުޅުން ޤާއިމްކޮށްފާނެ ފަދަ ސިގްނަލްތަކެއް


ސަޢޫދީ ޢަރަބިއްޔާއިން އީރާނާއެކުދާދި އަވަހަށް ސިޔާސީ ގުޅުން އަލުން ޤާއިމުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވީ، ތެހެރާނުގައި ހުންނަ ސަޢޫދީ އެމްބަސީއަށް ޙަމަލާ ދިން މައްސަލަ ކުށްވެރިކުރައްވާ އީރާނުގެ ދީނީ ލީޑަރު އާޔަތުﷲ ޢަލީ ޚަމަނާޢީ ދާދި ފަހުން ދެއްކެވި ވާހަކަތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އަލުން ރުޖޫޢުކުރުމަށް ކުރާ މަސައްކަތަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ. އަދި މިއާއެކު ތެހެރާނުގައި ހުންނަ ސަޢޫދީ އެމްބަސީ އަލުން ހުޅިވެގެންދާނެ ކަމަށް ވެސް އެމެރިކާއިން އުއްމީދުކުރާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލު ވިދާޅުވިއެވެ.އެހެން ނަމަވެސް ދެޤައުމުގެ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ދުރުކުރުމަށް އެމެރިކާއިން މެދުވެރިއެއްގެ ރޯލު އަދާކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެސް އެމެރިކާގެ އޮފިޝަލު ވިދާޅުވިއެވެ.