ކުޅިވަރު

ޤައުމީ ހޭންޑް ބޯލް ޓީމްގެ ކެޕްޓަނަކަށް ރީމާ ހަމަޖައްސައިފި


ޤައުމީ އަންހެން
ހޭންޑްބޯލް ޓީމްގެ ކެޕްޓަނަކަށް އައިޝަތު ރީމާ ހަމަޖައްސައިފިއެވެ. 

ޤައުމީ އަންހެން
ހޭންޑްބޯލް ޓީމްގެ ކެޕްޓަނަކަށް ރީމާ ހަމަޖެއްސިކަން އިއުލާންކުރީ އަންނަ މަހު އޮންނަ  ސައުތް އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ އަންހެން
ޓީމާ ޖަރޒީ ހަވާލުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިޓީމްގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ނަޝްފާ އާމިރާއެވެ. ޤައުމީ ޓީމްގެ
ކުޅުންތެރިންގެ އިތުރުން ޓީމްގެ އޮފިޝަލުންނަށްވެސް ވަނީ  ޖަރޒީ
ހާވަލުކޮށްފައެވެ. ޓީމްގެ ކޯޗަކީ ބަނގްލަދޭޝްގެ މުހައްމަދު އަމްޒަދު ހުސެއިންއެވެ. އެސިސްޓެންޓް ކޯޗަކީ އަލީ ސޮފީއެވެ. ޓީމްގެ މެނޭޖަރަކީ މުހައްމަދު
ސުޖާއުއެވެ. އެސިސްޓަންޓް މެނޭޖަރަކަށް ހަމަޖައްސާފައިވަނީ މުއުމިނާ އާދަމްއެވެ. 

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް
އިބްރާހީމް އިސްމާޢީލް ވިދާޅުވީ ހޭންޑްބޯލް ކަމުގައިވީނަމަވެސް އަދި އެހެން
ކުޅިވަރެއް ނަމަވެސް ޤައުމީ ޓީމަށް ކުޅުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި ކޮންމެ
ކުއްޖަކުވެސް އަބަދުވެސް ވިސްނަންޖެހޭނީ ޤައުމަށް ރީތިނަން
ހޯދައިދިނުމަށްކަމަށެވެ. އިބްރާހީމް އިސްމާޢީލް ވިދާޅުވީ ހޭންޑްބޯލްއަކީ ރާއްޖޭގައި
ކުރިމަގު އޮތް ކުޅިވަރެއްކަމަށާއި، ކޮންމެ މުބާރާތެއްގައި އެންމެ ރަނގަޅު ނަތީޖާ
ނުނެރެވިދާނެކަމަށެވެ. ކުޅިވަރުގައި އޮންނާނީ ބައްޔާ މޮޅުކަމަށްވެސް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.