ވިޔަފާރި

އޭޝިޔާގެ ޙިއްޞާގެ ބާޒާރުގެ އަގުތައް ދަށަށް ހިނގައްޖެ


އެމެރިކާގެ މަރުކަޒީ ބޭންކުގެ އިންޓްރަސްޓް ރޭޓް އަލުން މަތިކޮށްފާނެކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އޭޝިޔާގެ ޙިއްޞާގެ ބާޒާރުގެ އަގުތައް ދަށަށް ހިނގައްޖެއެވެ. މި ގޮތުން ޖަޕާނުގެ ނިކޭ  އިންޑެކްސް އާ އެޤައުމުގެ ޓޮޕިކްސް އިންޑެކްސްގެ ހިއްސާގެ އަގުތައް ވަނީ ވެއްޓިފައެވެ. މީގެ އިތުރުން ހޮންގް ކޮންގްގެ ހޭންގް ސޭންގް އިންޑެކްސް ވަނީ 0.2 އިންސައްތަ ދަށަށް ގޮސްފައެވެ.ހަމައެއާއެކު، ޗައިނާގެ ޝެންހާއީ ކޮމްޕޮސިޓް ވަނީ 0.9 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ދެކުނު ކޮރެއާއާ އޮސްޓްރޭލިޔާގެ ހިއްސާގެ ބާޒާރުގެ އަގުތައް ވެސް ވަނީ ވެއްޓިފައެވެ. އަނެއްކޮޅުން، ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު ވެއްޓުމާ ގުޅިގެން ވެސް އޭޝިޔާގެ ހިއްސާގެ ބާޒާރުތައް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ޚަބަރުތައް ބުނެއެވެ.