ކަނޑު ހުރަސްކޮށް ވިލާތަށް ހިޖުރަކުރުމަށް މަސައްކަތްކުރި 68 މީހުން ޙާލުގައި ޖެހިފައިވަނިކޮށް އިޓަލީގެ ކޯސްޓް ގާރޑުން އެމީހުން ސަލާމަތްކޮށްފިއެވެ.އިޓަލީގެ ކޯސްޓް ގާރޑުގެ މަސްއޫލުވެރިއަކު ވިދާޅުވީ ބޯޓެއްގައި ގްރީސްގެ ސާމޯސް ޖަޒީރާއާ ދިމާއަށް ދަތުރުކުރަނިކޮށް ޙާލުގައި ޖެހުނު ރެފިއުޖީންގެ ތެރެއިން 39 މީހުން ކޯސްޓް ގާރޑުންގެ އުޅަނދަކަށް ނަގައިގެން ސަލާމަތްކުރި ކަމަށާއި ބާކީތިބި 29 މީހުން ސަމޯސް ޖަޒީރާގެ އައްސޭރިފަށަށް ގޮސްގެން ސަލާމަތްވެފައިވާ ކަމަށެވެ.ކަނޑު ހުރަސްކޮށް ގްރީސްއަށް ދިޔުމަށް ދަތުރުކުރި ރެފިއުޖީންގެ 68 މީހުންނަކީ ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުން ކަމަށް ބެލެވޭކަމަށްވެސް އިޓަލީގެ ކޯސްޓް ގާރޑުން ބުނެއެވެ.