ދުނިޔެ

ތާލިބާނުން ހަމަލާދިން ބަޗާޚާން ޔުނިވަރސިޓީ އަލުން ހުޅުވައިފި


ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޗަރްސައްޑާ ސަރަޙައްދުގައިވާ ބަޗާޚާން ޔުނިވަރސިޓީއަށް މިދިޔަ މަހު ޠާލިބާނުން ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެ ޔުނިވަރސިޓީ އަލުން ހުޅުވައިފިއެވެ. ބަޗާޚާން ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ފަޒްލު ރަޙީމް ވިދާޅުވީ އެޔުނިވަރސިޓީ އަލުން ހުޅުވީ ސަލާމަތީގޮތުން ވަރުގަދަ ފިޔަވަޅުތަކަކާ އެކުގައި ކަމަށެވެ. ބަޗާޚާން ޔުނިވަރސިޓީ އަށް ހަތިޔާރާއެކު ވަދެގަތް ޠާލިބާން ހަނގުރާމަވެރިން ވަނީ އެޔުނިވަރސިޓީގެ ދަރިވަރުންނާއި ލެކްޗަރާއިންނަށް އެއްވެސް ރަޙުމެއްނެތި ހަތިޔާރުން ޙަމަލާދީ ބިރުވެރި ޤަތުލުޢާންމެއް ހިންގާފައެވެ. މިޙަމަލާގައި 20 މީހުން މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލާފައިވެއެވެ.