ބޮލީވުޑް އެކްޓަރު އަޔޫޝްމާން ކުރާނާ މީގެކުރިން ނުފެންނަ ވަރުގެ ވަރުގަދަ އެކްޝަން ސީންތަކެއް ފެންނަން ފިލްމު "އޭން އެކްޝަން ހީރޯ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމަކީ ބޫޝަން ކުމާރުގެ ޓީ ސީރީޒާއި ޑައިރެކްޓަރު އާނަންދު އެލް ރާއީ ގުޅިގެން އުފައްދާ ފިލްމެކެވެ. އިންޑިއާއާއި އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ "އޭން އެކްޝަން ހީރޯ" ގެ ޑައިރެކްޓަރަކީ އަނިރޫދް އައްޔަރެވެ.
CUTTING STRAIGHT TO THE CHASE! #AnActionHero Trailer Out Now!
— Ayushmann Khurrana (@ayushmannk) November 11, 2022
In cinemas, 2-12-22https://t.co/B3tXW0pao0#AnirudhIyer @aanandlrai #BhushanKumar @JaideepAhlawat #KrishanKumar @neerajyadav911 #NinadKhanolkar #KanupriyaaIyer @TSeries #ShivChanana @cypplOfficial @CastingChhabra pic.twitter.com/iTnFwIbKiu
އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމުގެ ކާސްޓުގައި ޖައިދީޕް އަހުލުވާތު އާއި ޖިތެންދުރަ ރާއީގެ އިތުރުން އިންޑިއާއިން ބޭރުގެ ގިނަ ފަންނާނުންތަކެއް ވެސް ހިމެނެއެވެ.
"އޭން އެކްޝަން ހީރޯ" ގައި މަލައިކާ އަރޯރާގެ އައިޓަމް ލަވައެއް ވެސް ހިމެނޭނެއެވެ.
ވަރަށް ތަފާތު ފިލްމުތައް ކުޅޭ އަޔޫޝްމާން އެންމެ ފަހުން ފެނިފައި ވަނީ އަންހެނުންނާއި ބެހޭ ޚާއްސަ ބަލިތަކުން އޭނާ ފެނުނު ފިލްމު "ޑޮކްޓާ ޖީ" އިންނެވެ.