ޚަބަރު

އިޢާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ބޯފެން އުފެއްދުމުގެ ނިޒާމެއް ތިލަފުށީގައި ޤާއިމުކުރަނީ


މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީއިން ކުރިއަށްގެންދާ އިޢާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައި ކަމާގުޅުންހުރި ފަރާތްތަކާއެކު ސޮއިކޮށްފިއެވެ.

މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފަވަނީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ޖަޕާނުގެ ހިޓާޗީ ޒޯސެން ކޯޕަރޭޝަން އަދި ރެނިއުބަލް އެނަރޖީ މޯލްޑިވްސްއާ ދެމެދުއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ޝައުނާ އަދި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޓަކެއުޗީ މިޑޮރީ އެވެ.

މިކަމުގެ އެއްވަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙުއެވެ. ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މިޔާގީ ޓައިޔޯއެވެ. އަދި ރިނިއުބަލް އެނަރޖީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާރމަން ޑޮކްޓަރ އިބްރާހިމް ނާޝިދްއެވެ.

މި އެއްބަސްވުމުގެ ދަށުން ގުޅީފަޅުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ޤާއިމްކުރުމާއި، ނިޒާމު ހިންގުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން، ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ އާރ.އޯ ޕްލާންޓެއް ބެހެއްޓުމާއި، 500 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމާއި އަދި 450,1 ކިލޯވޯޓް ޕަރ އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލުކުރުން ހިމެނެއެވެ.

އިޢާދަކުރަނިވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ މިމަޝްރޫޢުއަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން އާއި ހިޓާޗީ ޒޯޝެން އަދި ރިނިއުބަލް އެނަރޖީ މޯލްޑިވްސްއިން ފަންޑްކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

2030 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ "ކާބަން ނެޓް ޒީރޯ އެމިޝަންސް" ކުރުމަށް އަމާޒު ދިވެހި ސަރުކާރުން ހިފާފައިވާއިރު، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގިނަ އިންވެސްޓްމަންޓްތަކެއް ދަނީ ޤާއިމްކުރަމުންނެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ މިމަޝްރޫޢުގެ ސަބަބުން ކުންފުނިން ދެމުންގެންދާ ޔޫޓިލިޓީ ޚިދުމަތް ފޯރިކޮށްދިނުމުގައި އަދި އޮޕަރޭޝަންތަކުގައި އިޢާދަކުރެވޭ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރު ކުރުމާއިއެކު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތަޢާރަފްކޮށް އީޖާއީ ކުންފުންޏަކަށްވުމެވެެ.