ކުޅިވަރު

ގައުމީ އަންހެން ޓީމް ޔޫއޭއީއާއެކު އެކުވެރި ކަމުގެ ދެ މެޗް


ގައުމީ އަންހެން ފުޓްބޯޅަ ޓީމް އެކުވެރި އަރަބި އިމާރާތް ( ޔޫއޭއީ) އާއެކު ރަޙްމަތްތެރިކަމުގެ ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާކަމަށް އެފްއޭމްއިން ބުނެފިއެވެ. 

އެފްއޭއެމްއިން ހާމަކުރިގޮތުގައި މިދެ މެޗަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމް ފޯމްގައި ބޭއްވުމުގެ ގޮތުން ކުޅެވޭ މެޗްތަކެއްކަމަށެވެ.  މިއަންނަ މަހުގެ ތިންވަނަ ދުވަހު ފުރަތަޖމަ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، ޔޫއޭއީއާއެކު ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ ހަވަނަ ދުވަހުއެވެ. މިދެ މެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގައިކަމަށް އެފްއޭއެމްއިން ބުނެއެވެ.

ޤައުމީ އަންހެން ޓީމް ވަނީ ނިމިގެންދިޔަ ސައުތު އޭޝިއަން ގޭމްސްއާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ވާދަކޮށްފައެވެ.