ޝަންހައި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ)ގެ ޑައިލޮގް ޕާޓްނަރެއްގެ ޙައިޞިއްޔަތު ދިވެހިރާއްޖެއަށް ރަސްމީކޮށް ލިބިފައިވާކަމަށް މިނިސްޓަރ އޮފް ފޮރިންގ އެފެއަރޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް މިކަން ކަށަވަރުކުރެވިފައިވަނީ އިންޑިއާގެ ގޯއާގައި ކުރިއަށްދިޔަ ކައުންސިލް އޮފް ފޮރިންގ މިނިސްޓަރސްގެ ބައްދަލުވުމުގެ ތެރޭގައެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެސް.ސީ.އޯގެ ޑައިލޮގް ޕާޓްނަރެއްގެ ޙައިޞިއްޔަތު ރާއްޖެއަށް ލިބުމަކީ، އެ ޖަމްޢިއްޔާގެ މެމްބަރު ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއަށް ލިބުނެ މުހިންމު ފުރުޞަތެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިފުރުޞަތުގައި ދިވެހިރާއްޖެއިން އެސްސީއޯގެ މެންބަރު ޤައުމުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ގުޅިގެން ޒިންމާދާރުކަމާއެކު ޙަރަކާތްތެރިވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޝަންހައި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ މެންބަރު ޤައުމުތަކުގެ ތެރޭގައި ޗައިނާއާއި، އިންޑިއާއާއި، ކަޒިކިސްތާނާއި ކިރިގަސްތާނާއި ރަޝިޔާއާއި، ޕާކިސްތާނާއި، ތަޖިކިސްތާންގެ އިތުރުން އުޒްބަކިސްތާން ހިމެނެއެވެ.
Today, #Maldives successfully formalized its Dialogue Partner status of the Shanghai Cooperation Organization in the margins of the Council of Foreign Ministers Meeting of #SCO in Goa, India.
— Abdulla Shahid (@abdulla_shahid) May 5, 2023
We will be an active and responsible Dialogue Partner. We look forward to enhancing our… pic.twitter.com/aELnEsMwaP
އޮބްޒާވަރުންގެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އަފްޣާނިސްތާނާއި، ބެލަރޫސްއާއި އީރާނާއި މޮންގޯލިއާއެވެ.
ޑައިލޮގް ޕާޓްނަރުންގެ ތެރޭގައި އަރުމޭނިއާއާއި، އަޒަރުބައިޖާންއާއި، ކެމްބޯޑިއާއާއި ނޭޕާލްގެ އިތުރުން ސްރީލަންކާއާއި ތުރުކިޔެ ހިމެނެއެވެ. އަލަށް ޑައިލޮގް ޕާޓްނަރުންގެ ގޮތުގައި ބައިވެރިކުރާ ޤައުމުތަކުގެ ތެރޭގައި ކުވެއިތާއި، ޔޫއޭއީއާއި މިޔަންމާގެ އިތުރުން ދިވެހިރާއްޖެ ހިމެނެއެވެ.