ޚަބަރު

ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި




ތަފާތު 90 މައްސަލައަކާ ގުޅުންހުރި ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފިއެވެ.

ފުލުހުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ، 2022 ފުޅި ބަނގުރަލާއި، 621 ބަނގުރަލާއި، ރީނދޫ ހަމުގައި ހުރި 2 ހަން ރަލާއި، އެހެނިހެން ބާވަތުގެ 169 އައިޓަމް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. 



ނައްތާލާފައިވާ ތަކެއްޗަކީ ތަފާތު 90 މައްސަލައަކާ ގުޅުހުން ހުރި ތަކެއްޗެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 16 އިންސިޑެންޓަކާއި، 2008 ވަނަ އަހަރުގެ މައްސަލައަކާއި، 2009 ވަނަ އަހަރުގެ 4 މައްސަލައަކާއި، 2012 ވަނަ އަހަރުގެ 13 މައްސަލައަކާއި، 2013 ވަނަ އަހަރުގެ 26 މައްސަލައެއްގެ އިތުރުން 2014 ވަނަ އަހަރުގެ 11 މައްސަލައެވެ.



މިތަކެތި ފުލުހުން ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުންނެވެ.