ރޯގާއިން ރައްކާތެރިވުމަށް ކުޑަކުދިންނަށް ދޭ ބޭހެއްގައި ސިއްހީ ނުރަކަލަށް ހުށައެޅިދާނެ މާއްދާއެއް ހުރުމުން އެކަމަށްސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ.
އެއިދާރާއިން މިއަދު ނެރުއްވި އިއުލާންގައި ވަނީ ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި ސިއްހީ ނުރައްކަލަށް ހުށައެޅިދާނެ މާއްދާއެއް ކަމަށްވާ "diethylene glycol and ethylene glycol” ހިމެނިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސަމާލުކަމަށް ގެނެސްފައިވާތީ އެ އޮތޯރިޓީންވެސް މީގެ ކުރިން 4 ފަހަރެއްގައި އެކަން ސަމާލުކަމަށް ގެންނަވާފައިވާކަމަށެވެ.
(FRAKEN INTERNATIONAL (ENGLAND އިން އުފައްދާ ކުޑަކުދިންގެ ސިރަޕެއްކަމަށްވާ NATURALCOLD ވެސް މި މާއްދާ ހުރުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކަން ފާހަގަކޮށް އެބޭހަށް ސަމާލުވުމަށް އަންގާފައިވާކަންވެސް އެމްއެފްޑީއޭ ވިދާޅުވެއެވެ.
މި ބޭހަކީ ރާއްޖެ އެތެރެކޮށް ވިއްކުމަށް ހުއްދަދީފައިވާ ބޭހެއް ނޫންކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއެވެ. އެހެންނަމަވެސް ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މި ބޭސް އެތެރެވުމުގެ ފުރުސަތު އެކަމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ.