35 އަހަރުގެ ޚިދުމަތަށްފަހު، ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.
އަބްދުﷲ ޝަމާލް ވަނީ ނިމިދިޔަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރައްވާފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ޑިފެންސް ފޯރސްގެ މަޤާމަށް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ޢައްޔަނުކުރެއްވީ 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހުއެވެ.
އަބްދުﷲ ޝަމާލް ސިފައިގެ ޚިދުމަތާއި ގުޅިވަޑައިގަތީ މީގެ 35 އަހަރު ކުރިން 1988 ވަނަ އަހަރުއެވެ. މިހާތަނަށް ސިފައިންގޭގެ އެކި މަޤާމުތައް ވަނީ ފުރުއްވާފައެވެ. ޝާމާލަކީ ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް، ދިވެހި ސިފައިންގެ ތާރީޚުގައި ލިބިވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ. އެއީ ސިފައިންގޭގައި ދެވަނައަށް އެންމެ އިސް ރޭންކެވެ.
ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް ޚިދުމަތުން ރިޓާޔަރކުރެއްވުމާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، އެމަނިކުފާނު ޚިދުމަތް ކުރައްވާފައިވަނީ ވަރަށް އިޚުލާސްތެރި މަސައްކަތްޕުޅެއްކަމަށެވެ. ޝަމާލްއަށް ވަނީ ޚިދުމަތުގެ 16 ސަރވިސް މެޑަލް ލިބިވަޑައިގެންފައެވެ.