ރަށު ކައުންސިލް މެންބަރުންގެ މުސާރައާއި އެލަވަންސް، 33 އިންސައްތައަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށާއި، ބަޖެޓު ކޮމެޓީއަށް ލަފާދިނުމަށް، ލާމަރުކަޒީ ކޮމެޓީން ނިންމައިފިއެވެ. އެގޮތަށް ނިންމީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 35 އިންސައްތަ ބޮޑު ކުރުމުން، ކައުންސިލުގެ އިދާރީ އިސް މުވައްޒަފުންގެ މުސާރައާއި ލޯކަލް ކައުންސިލަރުންގެ މުސާރަ އެއްހަމަ ނުވަތަ އެއަށްވުރެ ބޮޑުވެފައިވާތީ އެކަމާއި ގުޅިގެން މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ.
ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުލުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވީ، ކައުންސިލްތަކުގެ މުސާރައިގެ އޮނިގަނޑަށް އައިސްފައިވާ ބަދަލަށްބަލާއިރު ރަށު ކައުންސިލްތަކުގެ މެންބަރުންގެ މިހާރުގެ މުސާރައަކީ އިދާރީ މުވައްޒަފުންގެ މުސާރައާއި ބަލާއިރު އެއްހަމަ ކުރެވިފައިވާ މުސާރަތަކެއް ނޫންކަމަށެވެ. ކައުންސިލްގެ މެންބަރުންނަކީ ރައްޔިތުންގެ ވޯޓުން އިންތިޚާބުވެ ތިއްބެވި ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ އެރަށެއްގެ އެންމެ އިސްވެރިންކަން ފާހަގަކުރައްވަމުން ޢަލީ ނިޔާޒް ވަނީ ކައުންސިލް މެންބަރުންގެ ޒިންމާވެސް ބޮޑުކަމަށް ވިދާޅުވެފައެވެ. އެގޮތުން ކައުންސިލުތަކުގެ މަސައްކަތަކާއި، އެ ދާއިރާގެ ސިޔާސަތު ކަނޑައެޅުމާއި ތަންފިޒުކުރުމުގެ ޒިންމާއާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ދިނުމުގެ ޒިންމާތައް ނިޔާޒް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރަށު ކައުންސިލް މެންބަރުންގެ މުސާރަ އިދާރީ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަވުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށްވެސް ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ. މެންބަރުން މިކަމާއި ގުޅިގެން ފާޅުކުރެއްވި ޚިޔަލުިތަކަށް ރިޔާއަތްކޮށް ކޮމިޓީން ވަނީ ކައުންސިލްގެ ރައީސްއާއި ނާއިބު ރައީސް އަދި މެންބަރުންގެ މުސާރައަށް ގެންނަ ބަދަލު ކަނޑައަޅާފައެވެ.
ރަށުކައުންސިލްތަކުގެ މުސާރައިގެ އޮނިގަނޑާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ދިރާސާކުރުން pic.twitter.com/1wFC7dG15d
— People's Majlis (@mvpeoplesmajlis) November 27, 2023
- އަސާސީ މުސާރަ 15،400 ރުފިޔާ
- ލިވިން އެލަވަންސް 4،600 ރުފިޔާ
- ފޯނު އެލަވަންސް 500 ރުފިޔާ
- އެޓެންޑެންސް ދުވާލަކަށް 225 ރުފިޔާގެ މަގުން މަހަކު 4،500 ރުފިޔާ
- އެކު ޖުމުލަ 25،000 ރުފިޔާ
- އަސާސީ މުސާރަ 11600 ރުފިޔާ
- ލިވިން އެލަވަންސަށް 3،400 ރުފިޔާ
- ފޯނު އެލަވަންސް 500 ރުފިޔާ
- އެޓެންޑެންސް އެލަވަންސަށް 4،500 ރުފިޔާ
- އެކު ޖުމުލަ 20،000 ރުފިޔާ
- އަސާސީ މުސާރަ 10،600 ރުފިޔާ
- ލިވިން އެލަވަންސް 2،400 ރުފިޔާ
- ފޯނު އެލަވަންސަށް 500 ރުފިޔާ
- އެޓެންޑެންސް އެލަވަންސަށް 4500 ރުފިޔާ
- އެކު ޖުމުލަ 18،000 ރުފިޔާ