ބުރިޖް އަދި ހައިވޭ ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖޭގައި މޫސުން ގޯސްވެފައިވާ މިދަނޑިވަޅުގައި ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީއެވެ. އަދި ބްރިޖް ހައިވޭގައި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ މޫސުމާބެހޭ އިރާއިންވެސް ގެންދަވަނީ ސަމާލުވުމަށް އެލަރތްތައް ނެރެމުންނެވެ.