ސިޔާސީ ޕާޓީތައް ހިންގުމަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން 6 ސިޔާސީ ޕާޓީއަކަށް 44 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. ފައިސާ ދޫކުރަން ނިންމާފައިވަނީ އެމްޑީޕީ، އަދާލަތު ޕާޓީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ކޮންގްރެސް ޕާޓީއަށެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ނިންމާފައިވާ 6 ސިޔާސީ ޕާޓީއަކީ ދައުލަތުގެ ބަޖެޓަށް މިއަހަރަށް ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެމްބަރުން ހަމަވާ ޕާޓީތަކެވެ. މި ޕާޓީތަކަށް ޖުމްލަ 44،099،905 ރުފިޔާ ދޫކުރުމަށް އިލެކްޝަނަސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާގޮތުން ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ޝަރުޠު ހަމަވަނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. އިލެކްޝަނުން ވިދާޅުވީ، 2023 ޑިސެމްބަރ 13 ވަނަ ދުވަހު ބަޖެޓް ފާސްކުރިއިރު، 10 މެންބަރުން ހަމަވަނީ، އެމް.ޑީ.ޕީ، ޕީޕީއެމް، ޖޭޕީ، ޕީ.އެންސީ، އެމް.ޑީ.އޭ އަދި ޢަދާލަތު ޕާޓީގައި ކަމަށެވެ.
* މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 15.1 މިލިއަން ރުފިޔާ
* ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 10.4 މިލިއަން ރުފިޔާ
* ޖުމްހޫރީ ޕާޓީ(ޖޭޕީ): 5.3 މިލިއަން ރުފިޔާ
* މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2.4 މިލިއަން ރުފިޔާ
* ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ): 8.0 މިލިއަން ރުފިޔާ
* އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ
މިއަހަރު އަލަށް ފައިސާ ލިބޭ ޕާޓީއަކީ ކޮންގްރެސް ޕާޓީއެވެ.
* މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ: 52،142 މެންބަރުން
* ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް: 36،223 މެންބަރުން
* ޖުމްހޫރީ ޕާޓީ: 18،349 މެންބަރުން
* މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް: 8،555 މެންބަރުން
* ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ): 28،201
* އަދާލަތު ޕާޓީ: 8،796 މެންބަރުން
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ޕާޓީތަކަށް ފައީސާ ކަނޑައަޅާފައިވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުންކަމަށެވެ. އެއީ ޖުމުލަ 152،266 ޕާޓީ މެންބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ.