މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ އިސްތިއުފާއަށް ގޮވާލައި މިސްރުގެ ސަރުކާރަ ދެކޮޅަށް ގާހިރާގައި ކުރި މުޒާހަރާއެއް އެޤައުމުގެ ފުލުހުން ރޫޅާލައިފިއެވެ.
މިސްރުގެ އަމަނާބެހޭ މަސްއޫލުވެރިއަކު ވިދާޅުވީ މި މުޒާހަރާގެބޭނުމަކީ މިސްރުގައި ހަމަނުޖެހުން ހިންގުންކަމަށާ ހަމަނުޖެހުން ހިންގުމުގެފުރްސަތު ސަރުކާރުން ނުދޭނެކަމަށެވެ. މުޒާހަރާ ރޫޅާލުމަށް މިސްރުގެ ފުލުހުންބޭނުންކުރީ ލަޓިބުރިއާއި ކަރުނަގޭސްކަމަށާ އަދި މުޒާހަރާގައި ބައިވެރިވިއެތަށްބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ޚަބަރުލިބެއެވެ.
މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ވަނީ އެޤައުމުގައި ހަރަކާތްތެރިވާ ހަރުކަށިޖަމާއަތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ. ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން ފާއިތުވި ހައެއްކަދުވަހު ހިންގި އަމަނާބެހޭ އޮޕަރޭޝަންތަކުގައި ނުވަދިހައަށްވުރެ ގިނަމީހުންހައްޔަރުކޮށްފައިވާކަމަށް ޚަބަރުލިބެއެވެ.