ޚަބަރު

އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް


ރައީސް ޔާމީނުގެ ސަރުކާރުގައި އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ، 2012 އާއި 2013 ވަނަ އަހަރު ރާއްޖެއަށް އައި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ދެޤައުމުގެ ގުޅުމަށް ކޮންމެސް ވަރެއްގެ ބުރުލެއް އެރިކަމަށެވެ. އެހެންނަމަވެސް، ރައީސް އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ރިޔާސަތާ ޙަވާލުވެވަޑައިގެންނެވުމަށްފަހު، ދެޤައުމުގެ ގުޅުން ރަނގަޅު ކުރުމަށް ކުރެއްވި މަސައްކަތްތަކުން، ދެޤައުމުގެ ގުޅުންތަކައް ބުރޫއެރި ކަންކަން ޙައްލުވެ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހު، އިންޑިއާގެ ޑޭލް ވިއު ގްރޫޕުން، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި، "ޑރ. ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަނެންސް 2016" އެވޯޑަކީވެސް ދެޤައުމުގެ ގުޅުމަށް ހެޔޮފާލެއްގެ ގޮތުގައި ދެކި ވަޑައިގަންނަވާކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.