ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީ ކަމަށްވާ ޖަމާއަތޭ އިސްލާމް ޕާޓީގެ ލީޑަރު މުތީއުއްރަހްމާނަށް މަރުގެ އަދަބު ދިނުމާގުޅިން އެކަމާއި ދެކޮޅަށް ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާކޮށްފިއެވެ. ޕާކިސްތާނުގެ އަތްދަށުން ބަންގްލަދޭޝަށް މިނިވަންކަން ލިބުނު ދުވަސްވަރު މިނިވަންކަމުގެ ހަރަކާތްތަކާ ދެކޮޅަށް ޕާކިސްތާން ސިފައިންނާ ގުޅިގެން މުތީއުއްރަހްމާނު މަސައްކަތް ކޮށްފައިވެއެވެ.
މުތީއުއްރަޙްމާނަށް މިދިޔަ އަންގާރަދުވަހު މަރުގެ އަދަބު ދިނީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަރަކާތްތަކުގައި ބައިވެރިވި މީހުން މެރުމާއި އެކަމުގައި ހަރަކާތްތެރިވި އަންހެނުން ރޭޕްކުރުގައި އިސްދައުރެއް އަދާކުރިކަން އޭނާގެ މައްޗަށް ސާބިތުވެ އޭނާ މެރުމަށް ކޯޓުން ހުކުމް ކުރުމާގުޅިގެނެވެ.
މުތީއުއްރަހްމާނަށް ތާއީދުކޮށް ޕާކިސްތާނުގައި މުޒާހަރާ ކޮށްފައިވަނީ ޕާކިސްތާނުގައިވެސް އޮންނަ ޖަމާއަތޭ އިސްލާމް ޕާޓީއަށް ނިސްބަތްވާ މެންބަރުންނާއި އެޖަމާއަތުގެ ސަޕޯޓަރުންކަމަށް ޚަބަރުލިބެއެވެ.