ޚަބަރު

އަންނަމަހު ބާއްވާ 6 ބައި-އިލެކްޝަނެއްގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި


  • ބައި-އިލެކްޝަންތައް ބާއްވާނީ އަންނަ މަހުގެ 20 ވަނަ ދުވަހު

އަންނަމަހުގެ 20 ވަނަ ދުވަހު ބާއްވާ 6 ބައި-އިލެކްޝަނެއްގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

އަންނަމަހުގެ 20 ވަނަ ދުވަހު 10 ބައި-އިލެކްޝަނެއް ބާއްވަން އިލެކްޝަނުން ވަނީ މީގެކުރިން ނިންމާފައެވެ.

ބައި އިލެކްޝަނަށް ހުޅުވާލި ދާއިރާތަކަކީ
  • މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ
  • މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާ
  • މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ
  • ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ
  • ފ. ބިލެތްދޫ ކައުންސިލްގެ ރައީސް
  • ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި
  • ރ. ހުޅުދުއްފާރު ކައުންސިލް މެމްބަރުކަމަށް
  • ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަން
  • ޅ. އަތޮޅު ކައުންސިލްގެ ރައީސް
  • ފ. ބިލެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުކަން

ނަމަވެސް، އެންމެ ކެނޑިޑޭޓެއް ވާދަކުރަން ހުށަހެޅުމުން 3 ބައި އިލެކްޝަނެއްގެ ގޮނޑި ވަނީ އިންތިހާބަކާއި ނުލައި ޕީއެންސީން ކާމިޔާބުކޮށްފައެވެ. އެއީ ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމާއި، ޅ. އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑިއާއި އަދި ރ. ހުޅުދުއްފާރު ކައުންސިލް މެމްބަރުކަމުގެ ގޮނޑިއެވެ. އަދި ފ. ބިލެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުކަމަށް އެއްވެސް ފަރާތަކުން ވާދަނުކުރުމުން އެ ގޮނޑީގެ ބައި އިލެކްޝަނަށް އަލުން އިއުލާންކުރާނެކަމަަށް އިލެކްޝަނުން ވިދާޅުވެއެވެ.

އިލެކްޝަނުން ވިދާޅުވީ މިހާރު އައި ބަދަލުތަކަށްފަހު އަންނަމަހުގެ 20 ވަނަ ދުވަހު އޮންނާނީ 6 ބައި އިލެކްޝަންކަމަށެވެ.

ބައި އިލެކްޝަން ބާއްވާ ދާއިރާތަކަކީ

  • މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ
  • މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާ
  • މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ
  • ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ
  • ފ. ބިލެތްދޫ ކައުންސިލްގެ ރައީސް
  • ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި

އަންނަ މަހު ބާއްވާ ބައި-އިލެކްޝަންތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލުގެ ގޮނޑިތަކާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގޮނޑިއާއި ބިލެއްދޫ ކައުންސިލް ރައީސްގެ ގޮނޑިއަށް ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުން އެކަންޏެވެ. އަދި ރ. ރަސްމާދޫ ކައުންސިލުގެ އަންހެން މެންބަރުގެ ގޮނޑިއަށް ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީގެ ކެނޑިޑޭޓަކާއި އަމިއްލަގޮތުން ވާދަކުރާ ކެނޑިޑޭޓެކެވެ.

އަންނަ މަހު ބާއްވާ ބައި އިލެކްޝަންތަކުގެ ތެރެއިން ކުޅުދުއްފުށި އަދި މާލެ ސިޓީ ކައުންސިލުގެ ގޮނޑިތައް ހުސްވީ އެ ގޮންޑިތައް ތަމްސީލު ކުރައްވަމުން ގެންދެވި މެންބަރުން ރައްޔިތުން މަޖިލީހަށް އިންތިހާބުވެވަޑައިގަތުމުންނެވެ.