ޕެޕް ގާޑިއޯލާ ބަޔާން މިޔުނިކަށް އިރުޝާދުދިން ފަހު މެޗު މޮޅަކުން ނިންމާލައިފިއެވެ.
ޖަރުމަން ބުންޑަސްލީގާގައި ބަޔާން މިޔުނިކް ސީޒަންގައި ކުޅުނު ފަހު މެޗް އެޓީމް ކާމިޔާބުކުރީ ހެނޯވާއާއި ދެކޮޅަށްކުޅެ 3-1 ނެވެ.
މެޗުގައި ބަޔާން މިޔުނިކްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހަދިނީ މާޒިއޯ ގޮޓްޒޭއެވެ. އަނެއް ލަނޑު ޖަހައިދިނީލީގުގެ ރަންބޫޓު ހޯދީ ރޮބާޓް ލެވަންޑޯވްސްކީއެވެ.
ރޭ ލެވަންޑޯވްސްކީ ޖެހި ގޯލަކީ ލީގުގައި އޭނާ ޖެހި 30 ވަނަ ލަނޑެވެ. އަދި މީ މިދިޔަ 39 އަހަރުގެތެރޭގައި ލީގުގައި ކުޅުންތެރިއަކު 39 ޖެހި ފުރަތަމަ ފަހަރުކަންވެސްފާހަގަކޮށްލެވޭއެވެ.
ރޭގެ މެޗަށްފަހު ޖަރުމަންގެ ކުޅުންތެރިންވަނީ ލީގް ޓްރޮފީއާއިއެކީ އުފާފާޅުކުރުންތައް ކުރިއަށްގެންގޮސްފައެވެ. އަދި އަންނަ ސީޒަންގައި ޕްރިމިއަރލީގުގެ ސިޓީން ފެނިގެންދާނެ އެޓީމްގެ ކޯޗް ޕެޕް ގާޑިއޯލާއަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުޑަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ.
މީ ޖަރުމަން ބުންޑަސް ލީގާ ބަޔާން މިޔުނިކުން ކާމިޔާބުކުރި 26 ވަނަ ފަހަރެވެ.