ހުޅުމާލެ ހިޔާ ޓަވަރެއްގެ ތެރޭގައި މީހަކަށް އަނިޔާ ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އެ މައްސަލަ ތަހުޤީޤު ކުރަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ކުޑަކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.
މިވީޑިއޯއާ ގުޅޭ މައްސަލަ ތަހުޤީޤު ކުރަން ފުލުހުން މިހާރު ފަށާފައިވާއިރު، މިހާތަނަށް ވީޑިއޯއިން ފެންނަނީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ފުލުހުން ވަނީ މިމައްސަލައިގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާއި ހިއްސާކޮށްދިނުމަށް އެދިފައެވެ.