ދުނިޔެ

ސްރީލަންކާގައި ޙާލުގައިޖެހިފައިވާ މީހުންނަށް އެހީވަނީ


ސްރީލަންކާއަށް ހުއްޓުމެއްނެތި ވެހުނު ބޯ ވާރެއާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމައްޓަކައި އެޤައުމުގެ އަސްކަރިއްޔާއިން ހެލިކޮޕްޓަރުތަކާއި އަސްކަރިއްޔާގައި ބޭނުންކުރާ އެހެނިހެން އެއްގަމު އުޅަނދުފަހަރު ބޭނުންކުރަން ފަށައިފިއެވެ.

ސްރީލަންކާއަށް ވޭތުވެދިޔަ 4 ދުވަސް ވަންދެން ވެހުނު ބޯ ވާރެއާ ގުޅިގެން ހިނގި ބިންގަޑު ކަޑައިގެން ދިއުމާ އެހެންވެސް ހިތާމަވެރި ޙާދިސާތަކުގައި މިހާތަނަށް 63 މީހުން މަރުވެފައިވާކަން ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދެއެވެ. އަދި އިތުރު 140 މީހެއް ވަނީ ގެއްލިފައެވެ. img:http://s1.psmnews.mv/images/660x400/14638057560452.jpg|ސްރީލަންކާގައި ފެންބޮޑުވެފައިވާ ސަރަޙައްދެއް - ފޮޓޯ: ޒިންހުއާ

ކިސަޑުތެރޭގައި ވަޅުލެވުނުކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ދަނީ ކުރަމުންނެވެ. ވާރެ އާއި ބިންގަނޑު ކަނޑައިދިއުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އެޤައުމުގެ ވެރިރަށް ކޮލޮމްބޯއަށެވެ. ސްރީލަންކާއަށް ކުރި ވިއްސާރަޔާ ގުޅިގެން 3 ލައްކައަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު އޭގެ ތެރެއިން ދެލައްކަ މީހުންނަކީ ވެރިރަށް ކޮލޮމްބޯގައި ދިރިއުޅެމުން ދިޔަ މީހުންނެވެ. ފެންބޮޑުވެ ބިންގަނޑު ކަޑައިގެން ދިއުމުގެ ބޮޑު ދެ ހާދިސާއެއް ހިނގާފައިވާއިރު އޭގެ ކުރިން ހިނގި އެކި ޙާދިސާތަކުގައި 37 މީހުން މަރުވެފައިވެއެވެ. img:http://s2.psmnews.mv/images/660x400/14638057886190.jpg|ސްރީލަންކާގައި ފެންބޮޑުވެފައިވާ ސަރަޙައްދެއް - ފޮޓޯ: ޒިންހުއާ

ޙާލުގައި ޖެހުނު މީހުން ތިބި ވަގުތީ ހިޔަލަކަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ވަޑައިގެން އެމީހުންގެ ޙާލު ބައްލަވާލައްވާފައިވެއެވެ. ސްރީލަންކާގެ ޤައުމީ ޓީވީއިން އިއްޔެ ދިން ޙާއްސަ ޙިތާބެއްގައި އެޤައުމުގެ ރައީސް ސިރިސޭނާ ވަނީ ޙާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.