އެމެރިކާ ސަރުކާރުން ދިވެހި ސަރުކާރަށް 8.5 މިލިއަން ޑޮލަރު އެހީއެއް ދީފިއެވެ.
މިއެހީ ދީފައިވަނީ ރާއްޖެއާއި އެމެރިކާއާއެކު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް، ޑީއޯއޭޖީއަށް ގެނައި އިސްލާހްގެ ދަށުންނެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑީއޯއޭޖީ އެއްބަސްވުމަށް ގެނައި 14 ވަނަ އިސްލާހުގައިވަނީ ސޮއިކޮށްފައެވެ. މިއިސްލާހުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދުއެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން މިއިސްލާހުގައި ސޮއިކުރެއްވީ ޔޫއެސްއޭއައިޑީގެ މިޝަން ޑިރެކްޓަރ ގެބްރިއަލް ގްރައުއެވެ.
މިއިޞްލާޙުގެ ދަށުން އެމެރިކާ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފައެވެ.
މިއެއްބަސްވުމަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިޤްތިޞާދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެވެ. ފާއިތުވި އަހަރުތަކުގައި، ކަނޑައެޅިފައިވާ ފައިސާގެ އަދަދު މަޑުމަޑުން އިތުރުވަމުންގޮސް، ފޯރުކޮށްދީ އެއްބަސްވުމުގެ ޖުމްލަ އަގު 45.7 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ.
މިއިސްލާހާއެކު އެމެރިކާ ސަރުކާރުން މިވަނީ މިއެއްބަސްވުމުގެ ދަށުން އިތުރު 8.5 މިލިޔަން ޑޮލަރުގެ އެހީއެއް ދިވެހި ސަރުކާރަށް ދެއްވާފައެވެ. މި އެހީއާއެކު އެއްބަސްވުމުގެ ދަށުން އެމެރިކާއިން ދީފައިވާ އެހީތެރިކަން 45.7 މިލިޔަން ޑޮލަރަށް އަރައެވެ.
ޑީއޯއޭޖީގެ 14 ވަނަ އިސްލާހުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވުޒާރާއާއި ރާއްޖޭގެ ޔޫއެސްއެއިޑް މިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.