ޚަބަރު

ރާއްޖެ އެތެރެކުރަންއުޅުނު 11.62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • 3 ބާވަތެއްގެ މަސްތުވާތަކެތި އަތުލާގަތް

  • މަސްތުވާތަކެތީގެ އަގު 9.86 މިލިޔަން ދިވެހި ރުފިޔާއަށް އަރާ

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11.62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވައިގެ މަގުން އެތެރެކުރަން އުޅެފައިވަނީ 3 ބާވަތެއްގެ މަސްތުވާތަކެތި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ކެތިނޯން، ކެނެބިސް އަދި ހެރޮއިންކަމަށާއި، މި ތަކެތީގެ މަގުމަތީ އަގު 9.86 މިލިޔަން ދިވެހި ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. މިއަހަރުގެ މިހާތަނަށް 143 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.