ފުވައްމުލަކު ސިޓީގައި މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާޢީލް ރަފީގްއާ ބައްދަލުކުރައްވާ މި މަޝްވަރާތައް ކުރައްވާފައިވަނީ މަސްވެރިކަމުގެ ވުޒާރާގައެވެ.
މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤާއި ބައްދަލުކުރައްވާ ވަނީ ފުވައްމުލަކު ސަރަޙައްދުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އެޅުމާއި، ފުވައްމުލަކުގައި ތުތި ބޯވާދިލަމަހުގެ މަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ދިނުމަށް މަޝްވަރަކުރައްވާފައެވެ.
ވަޒީރު އަޙްމަދު ޝިޔާމް، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއާ ބައްދަލުކުރެއްވުން.
— Ministry of Fisheries and Ocean Resources (@MFORmv) October 2, 2024
ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އެޅުމާއި ފުވައްމުލަކުގައި ތުތި ބޯވާދިލަމަހުގެ މަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ދިނުމާއި އަދި ސްޕޯޓްސް ފިޝިންގ ދާއިރާގައި… pic.twitter.com/uKXWlH0Auy
މީގެ އިތުރުން، ފުވައްމުލަކު ސިޓީގައި ސްޕޯޓްސް ފިޝިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްވެސް ދެބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ.
ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖެއަށް ތައާރަފްކޮށް ދިވެހިންނަށް މި ބާވަތުގެ މަސްވެރިކަން ކުރާނެގޮތް ދަސްކޮށް ދިނުމަށްޓަކައި މަސްވެރިކަމާބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. ތުތި ބޯވަދިހަ މަހުގެ މަސްވެރިކަމަށް އޮންނަ މަޤްބޫލްކަން އިތުރުވަމުންދާއިރު، މިކަމަކީ އެކަމުން ރަގަޅު ނަފާއެއް ލިބޭ ކަމެއްކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.