ކުޅިވަރު

ބެލްޖިއަމް ބަލިކޮށް އިޓަލީން ޔޫރޯގެ ފެށުން ރަނގަޅުކޮށްފި


ބެލްޖިއަމް ބަލިކޮށް އިޓަލީން ޔޫރޯގެ ފެށުން ރަނގަޅުކޮށްފިއެވެ.

މަޝްހޫރު ގިނަ ތަރިން ހިމެނޭ ބެލްޖިއަމްގެ މައްޗަށް އިޓަލީ ކުރި ހޯދީ ދޭއް ސުމަކުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ބެލްޖިއަމް އަތުން އިޓަލީ މޮޅުވި މެޗުގައި އިޓަލީގެ ލަނޑުތައް ޖަހައިދިނީ އެމަނުއެލް ގިއަޗެރީނީ އަދި ގްރަނިއާޒޯ ޕެލޭއެވެ.

މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ބެލްޖިއަމް ޓީމަށް ގޯލް ޖާހާނެ ހުސްފުރުސަތުތަކެއް ލިބިފައިވެއެވެ. ދެ ފޯވާޑުންކަމަށްވާ ރޮމެލޫ ލުކާކޫ އަދި ޑިވޮކް އޮރިގީއަށް ގޯލް ޖަހާނެ ހުސްފުރުސަތުތަކެއް ލިބުނުއިރު، މައުރޯން ފެލައިނީއަށްވެސް ހުސް ފުރުސަތެއް ލިބުނެވެ.

މެޗުގައި އިޓަލީގެ ފުރަތަމަ އެގާރާގައި ހިމެނުނު ކުޅުންތެރިންގެ އެވަރެޖް އުމުރަކީ ނަވާވީސް އަހަރެވެ. މިއީ ޔޫރޯގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ މުސްކުޅި ފުރަތަމަ އެގާރަކަން ފާހަގަކޮށްލެވެއެވެ. އަދި މެޗުގައި އިޓަލީގެ ގޯލް ބެލެހެއްޓި ބުފޮން ވެގެންދިޔައީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި އިޓަލީގެ ޖާޒީގައި ފެނިގެންދިޔަ އެންމެ މުސްކުޅި ކުޅުންތެރިޔާއަށެވެ.