މާލޭގައި ރޭ ހިނގި މާރާމާރީ އާއި ގުޅިގެން 2 ކުދިންނާއި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއްގެ އިތުރުން 18 އަހަރުން މަތީގެ ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި އެންމެންނަކީވެސް ދިވެހިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ހެންވޭރު ނޫރު މިސްކިތް ހިމެނޭ ސަރަޙްއަދުގައި ރޭ 22:00 ހާއިރު ހިނގި މި މާރާމާރީގައި 21 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމް ކޮށްލާފައިވެއެވެ. އަދި މި މީހާއަށް އޭޑިކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
މި މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.