ޚަބަރު

ރަމަޟާންމަހަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 14 މިސްކިތެއް ހުޅުވޭނެ


  • އަލަށް ބިނާކުރާ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގެ 3 މިސްކިތެއް ހިމެނޭ

ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުގައި 14 މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީޑީިއާތަކާއި ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ޝަހީމް ވަނީ، މިސްކިތްތަކުގެ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކޮށްދެއްވާފައެވެ. އެގޮތުން 14 މިސްކިތެއް ހުޅުވުމުގެ އިތުރަށް، ހުޅުވޭ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގައި އަލަށް ހުޅުވޭ ދާއިމީ 3 މިސްކިތް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ގިނަ މިސްކިތްތަކުގެ މަސައްކަތް ކުރިއަށް ދެއެވެ. ބައެއް މިސްކިތްތަކުގެ މަސައްކަތް ނިމިފައިވާއިރު، ބައެއް މިސްކިތްތަކުގެ މަސައްކަތް މިއަހަރުވެސް ވަނީ ހަވާލުކޮށްފައެވެ.