ޚަބަރު

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 3.3 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި


  • މިތަކެތި ހިފަހައްޓާފައިވަނީ މާލޭ ކޮމާޝަލް ހާބަރުން

  • މިތަކެތި އަތުލައިގަތީ ރާއްޖެއަށް އެތެރެކުރަން ގެނެސްފައިވާ މުދާހުރި ކޮންޓެއިނަރެއްގެ ތެރެއިން

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.3 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، އެސަރވިސްގެ އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.

ކަސްޓަމްސްއިން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ރާއްޖެއަށް އެތެރެކުރަން ގެނެސްފައިވާ މުދާހުރި ކޮންޓެއިނަރެއްގެ ތެރެއިންކަމަށެވެ. މިތަކެތި އަތުލައިގަތީ މާލޭ ކޮމަރޝަލް ހަރބަރއިންކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.


ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވާ ހިފެހެއްޓުމަށް ކަމާ ބެހޭ އެކި މުއައްސަސާތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން މިދިޔަ އަހަރު މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު %60 އިތުރުވެފައިވާކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.