ސްޕެނިޝް ލީގުގައި ރޭ ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދުވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު ރެއާލް މެޑްރިޑް މިހާތަނަށް ކުޅުނު 14 މެޗުން އެ ޓީމަށް ވަނީ 33 ޕޮއިންޓް ލިބިފަ އެވެ. އެހެންކަމުން 15 މެޗުން ތާވަލުގެ އެއްވަނައިގައި 2 ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް އެބައޮތެވެ.
މެޑްރިޑްގެ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 30 ވަނަ މިނިޓުގައި ރެއާލް މެޑްރިޑް އިން ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފަ އެވެ. ގެޓާފޭގެ އޭރިޔާ ތެރޭގައި އެންޓޯނިއޯ ރުޑިގާ އަށް ކުރި ފައުލަކާއި ގުޅިގެން ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ އެކެވެ.
އަދި އޭގެ އަށް މިނިޓް ފަހުން ކިލިއަން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި ލަނޑަށްފަހުވެސް އެމްބާޕޭ އަށް ވަނީ މި މެޗުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.