ޚަބަރު

ސްކޫލު ޗުއްޓީއަށް ފުރާމީހުންނަށް ޚާއްސަކޮށްގެން ހޭލުންތެރިކުރުމުުގެ ޕްރޮގްރާމެއް


  • މި ޕްރޮގްރާމުގެ ތެރެއިން މާލޭގައި މީހުން ފުރަންދާ ތަންތަނަށް ފުލުހުން ގޮސް ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށްވަނީ ހަމަޖެހި

ސްކޫލްތަކުގެ މިޑް ޓާމް ބްރޭކާ ދިމާކޮށް ރަށުން ބޭރަށް ފުރައިގެން ދިއުމުގެ ކުރިން އަމިއްލަ މުދަލާއި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ރައްޔިތުން އެކިކަންކަމަށް ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މާލެއިން ފުރާމީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުުގެ ޕްރޮގްރާމެއް މާލެ ޕޮލިހުން ވަނީ ފަށާފައެވެ.

ފުލުހުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ސްކޫލު ޗުއްޓީ ދުވަސްވަރު ގިނަ ބަޔަކު މާލެއިން ފުރައިގެން ތަންތަނަށް ދާނެކަމަށް ބެލެވޭތީ، އެފަރާތްތަކާ ބައްދަލުކޮށް ފުރައިގެން ދިޔުމުގެ ކުރިން ގޯތި ގެދޮރަށާއި އަގުބޮޑު މުދަލަށް ރައްކާތެރިވާނެ ގޮތްތައް ކިޔައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި މިޕްރޮގްރާމުގެ ތެރެއިން ވަނީ މާލޭގެ އެއް ނަންބަރު ޖެޓީ ސަަރަހައްދުގައި ފުރަން ގޮސްތިބި މީހުންނާ ބައްދަލުކޮށް މައުލޫމާދީފައެވެ.

ފުލުހުން ހިންގާ މިޕްރޮގްރާމްގައި ފުރައިގެންދާއިރު، އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމަށް ނަސޭހަތްތެރިވެ، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ޔަގީންކުރުމާއި ގެ ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަށް އިިރުޝާދު ދީފައިވެއެވެ. އަދި ޗުއްޓީގައި އުޅެނިކޮށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި މީގެއިތުރުން ފުރުމުގެ ކުރިން އަމިއްލަ ސައިކަލު ފަދަ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ހަރކާތްތެރިވާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ ރައްކާތެރި ސަރަހައްދެއްގައި ޕާކުކޮށްފައި ބެހެއްޓުމަށް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން ސައިކަލުގެ ހުންގާނާއި ޝަޓަރ ވެސް ލޮކްކޮށް ތަޅުދަނޑި ޖަހާފައި ނުބަހައްޓާ އިތުބާރުކުރެވޭ ޒިންމާދާރު މީހަކާ ހަވާލުކުރުމަށްވެސް ހަނދާން ކޮށްދީފައިވެއެވެ.

މި ޕްރޮގްރާމަކީ މާލެ ޕޮލިހުން ރައްޔިތުން އެކިކަންކަމަށް ހޭކުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުރާމީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހޭލުންތެރިކުރުމުުގެ ޕްރޮގްރާމެކެވެ.