މިރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި ހިނގާލުމަށް ޤާނޫން ތަންފީޒުކުރާ ފަރާތްތަކުން ދިން އެއްބާރުލުމަކީ އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަންފަދަ ހައްޤުތައް ހިމާޔަތްކުރުމަށް މިސަރުކަރުން ދޭ އަހައްމިޔަތު ހާމަވާކަމެއްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
މިރޭ އެމްޑީޕީން މާލޭގައި ބޭއްވި ހިނގާލުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިއްބައިދީ ހިމާޔަތްކުރުން ކަމަށެވެ.
ހީނާ ވިދާޅުވީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވެ، އެ މުޒާހަރާ ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތި ފުރުސަތު ދިނުމުން، ހާމަވެގެންދިޔައީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަންފަދަ ހައްޤުތައް ހިމާޔަތްކުރުމަށް މިސަރުކާރުން ދޭ އަހައްމިޔަތު ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ.
އެމްޑީޕީން ބޭއްވި މިހިނގާލުމުގައި އެޕާޓީގެ އިސްވެރިންނާއި މަޖިލިސް މެމްބަރުންނާއި އެޕާޓީއަށް ތާއީދުކުރާ އާއްމުން ބައިވެރިވިއެވެ.