އައިޖީއެމްއެޗް ކައިރީގައި މަރުތޭލަކުން މީހަކަށް ހަމަލާދީ ޒަޙަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، މާލޭ ކަނބާއައިސާ ރަނިހިނގުން އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި 2 މީހަކު ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިރޭ 08:41 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ މި ހަމަލާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާކަމަށެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްޞީލެއް ފުލުހުން އަދި ދެއްވާފައެއްނުވެއެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.