ޚަބަރު

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރަކަށް ރިޝްވާން


މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި، ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާނު އައްޔަންކުރައްވައިފިއެވެ.

މާލޭ ވިޔަފާރި ބަނދަރު ހިންގާ، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ވަޖީހު އިބްރާހީމް މިދިޔަ އާދީއްތަ ދުވަހު ވަކިކުރެއްވުމާއި ގުޅިގެންނެވެ.

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި ރިޝްވާން މީގެ ކުރިން ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯކަން ކުރައްވާފައެވެ. ރިޝްވާން ވަނީ ސިފައިންގެ އަދި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާފައެވެ. އޭނާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުވެސް ފުރުއްވިއެވެ. އެ މަޤާމުން އިސްތިއުފާދެއްވާފައިވަނީ 12 ޖުލައި 2011 ގައެވެ.

ރިޝްވާން ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯއަކަށް ހުންނެވިއިރު އެތަނުގެ ކުރިއެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.