ޚަބަރު

އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި


  • މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުން

  • ދެމީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައި

ސިފަބަދަލުކޮށް، އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިމައްސަލާގައި ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނ.މިލަދޫ، ސޯސަންގޭ، މުހައްމަދު ނައުޝާދު އަދި ގދ. ވާދޫ، ލިލީގޭ މުހައްމަދު ސޮބާޙްއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ މާވެޔޮ މަގުގެ ކަންމަތީ ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު 2:39 ހާއިރުއެވެ.

ފުލުހުން ހައްޔަރުކުރި މި ދެމީހުން ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެމީހުންނަށްވެސް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.