ޚަބަރު

ޒަކާތު ހައުސްއާއި އައިއައިޔޫއެމާ ދެމެދު މީހުން ބިނާކުރުމުގެ ދާއިރާއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި


  • މިއެއްބަސްވުމުގެ ދަށުން މީހުން ތަމްރީން ކުރުމަށް ދެ ފަރާތުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރާނެ

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އާ ދެމެދު މީހުން ބިނާކުރުމުގެ ދާއިރާއިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓު އެރުވުމަށް މިއަދު އެ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ހަވާސާގެ ތެރެއިންނެވެ.

މި އެއްބަސްވުމުގެ ދަށުން މީހުން ބިނާކުރުމުގެ ދާއިރާއިން މީހުން ތަމްރީން ކުރުމަށް ދެ ފަރާތުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ޗެއަރމަން އަދި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އައިއައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޕްރޮފެސަރ ޑރ އުސްމާން ބަކަރްއެވެ.

މިއީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.