ޚަބަރު

އިންޑިޔާގެ ކްރޫޒްލައިނަރ އެމްއެސް ނޯޓިކާ ރާއްޖޭގައި؛ 600އަށްވުރެ ގިނަ ފަތުރުވެރިން އައި


  • މިކްރޫޒްލައިނަރއިން ރާއްޖެއަށް 210 ފަތުރުވެރިން ވަނީ އައިސްފައި

  • މިއީ މިއަހަރު ރާއްޖެއަށް އައި 8ވަނަ ކްރޫޒްލައިނަރ

ގިނަ ޢަދަދެއްގެ ފަތުރުވެރިންނާއެކު އިންޑިޔާގެ ކްރޫޒްލައިނާއެއް ރާއްޖެއައިސްފިއެވެ. މިއީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 8ވަނަ ކްރޫޒްލައިނާއެވެ.

"އެމްއެސް ނޯޓިކާ" ނަމަކަށް ކިޔާ އިންޑިއާގެ މިކްރޫޒްލައިނާއިން ރާއްޖެއަށް 610 ފަތުރުވެރިންނާއި 397 ކްރޫ މެންބަރުން ވަނީ ރާއްޖެ އައިސްފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މިއީ އިންޑިއާގެ މޮރުމުގާއޯ ބަނދަރުން މާލެ އައިސްފައިވާ ކްރޫޒްލައިނާއެއްކަމަށެވެ. އަދި މިކްރޫޒްލައިނާއިން ރާއްޖެއަށް އައި މީހުންނަށް ކްލިއަރަންސް ދިނުމުގެ މަރުހަލާ ފުރިހަމަކޮށްފައިވަނީ އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުންކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރާއްޖެއަކީ ކްރޫޒްލައިންތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިން އާދެއެވެ. މިއީ މިއަހަރު ރާއްޖެއަށް އައި 9ވަނަ ކްރޫޒްލައިނާއެވެ.

މިދިޔަ މާޗް މަހު އޮޝެނިއާ ކްރޫޒަސް ކުންފުނީގެ އެމްއެސް އިންސިގްނިއާ ލަގްޒަރީ ކްރޫޒްލައިނާވެސް ވަނީ ރާއްޖެއަށް އައިސްފައެވެ. މިކްރޫޒްލައިނާއިން ހާހެއްހާ ފަތުރުވެރިންނަށް ކްލިއަރެންސް ދިނެވެ.

ކްރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނަރތަކަށް ޚާއްސަ ޖެޓީތައް ތަރައްޤީކުރުމަށެވެ. އަދި މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކުރޫޒްލައިންތަކުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 856,998 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.