ޚަބަރު

ސްރީލަންކާގެ މަސްބޯޓެއް އޮޔާދާތީ އެމްއެންޑީއެފުން އެހީތެރިވަނީ


  • މިބޯޓް މިހާރު އޮތީ ސ.ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައި

  • މިބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ ބޯޓެއް

ސްރީލަންކާގެ މަސްބޯޓެއް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އައްޑު އަތޮޅު ހުޅަނގުން ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުން އެބޯޓްގެ ކަންކަން ވަރަށް ގާތުން ބަލައި މޮނީޓަރ ކުރަމުން އަންނަކަމަށެވެ.

މިބޯޓް މިހާރު އޮތީ ސ.ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި، އެބޯޓު އޮޔާ ދަނީ އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލަށް ކަަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ ބޯޓެކެވެ. އަދި ބޯޓްގެ ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް ބޯޓުން މަޢުލޫމާތުދޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެެވެ.