ޚަބަރު

ސަސްޕެންޝަނުގައި ހުރި ފަޒީލް އެމްޑަބްލިއުއެސްސީން ވަކިކޮށްފި


  • އޭނާ ސަސްޕެންޑް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު

  • ކުންފުނިން ވަކިކުރަން ނިންމީ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުންކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވޭ

ސަސްޕެންޝަންގައި ހުރި މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް އެ މަޤާމުން ވަކިކުރުމަށް އެ ކުންފުނިން ނިންމަވައިފިއެވެ.

އޭނާ އެ މަގާމުން ސަސްޕެންޑްކުރީ "ބިންވެރިޔާ" ސްކީމުން ގޯތި ލިބި އޭގެ އެގްރިމަންޓް ކަމަށް ފޯޖުކޮށްފައިވާ ކަމަށް ބެލެވޭ އެއްބަސްވުމެއް ހުށަހެޅި މައްސަލާގައި މިިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 19 ވަނަ ދުވަހުގައެވެ.

އެމްޑަބްލިއުއެސްސީން ވިދާޅުވީ ސަސްޕެންޑްކޮށްފައިވާ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު އެ މަޤާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުންކަމަށެވެ. އަދި މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކެވަޑައިގަންނަވާކަމަށްވެސް އެ ކުނފުނިން ވިދާޅުވެއެވެ.

ބިންވެރިޔާ ހައުސިންގ ސްކީމާއި ގުޅުންހުރި މައްސަލާގައި މުޙައްމަދު ފަޒީލުގެ ފޯނު ހިފަހައްޓާ ޕާސްޕޯޓުވެސް ހިފެހެއްޓިއެވެ. އަދި މި މައްސަލާގައި އެޗްޑީސީގައި އޭރު ހުރި މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ހިމެނޭހެން މުޅި ބޯޑު ސަސްޕެންޑްކުރިއެވެ. އަދި އޭނާ މަޤާމުން އިސްތިއުފާދިނެވެ.