ޚަބަރު

ޕީޕީއެމްގެ ދެ މެމްބަރުން ހުށަހެޅި މައްސަލަ ބާޠިލްކޮށްފި


ޕީޕީއެމްގެ ހުރިހާ ބާރެއް އެޕާޓީގެ ރައީސް، ރައީސް މައުމޫން ނެންގެވި ނެންގެވުން ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ޤުރޫޕުގެ ދެ މެމްބަރުން ހުށައެޅުއްވި މައްސަލަ ސިވިލްކޯޓުން ބާޠިލްކުރައްވައިފިއެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބާޠިލްކުރެއްވީ އެ މައްސަލައިގައި ދަޢުވާކުރާ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުނުވުމުންނެވެ. ރައީސް މައުމޫންގެ ނިންމެވުމާ ދެކޮޅަށް ދަޢުވާކުރައްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމާއި، ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދުއެވެ.

މި ދެ މެމްބަރުން ސިވިލްކޯޓަށް ހުށައެޅުއްވި މައްސަލާގައި ޕީޕީއެމްގެ އެތެރޭގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް ރައީސް މައުމޫން ހުށައެޅުއްވި އިޞްލާޙީ އެޖެންޑާ ބާޠިލުކޮށްދިނުމަށްވެސް އެދިވަޑައިގެންފައިވެއެވެ.