ޚަބަރު

ހުރިހާ މެންބަރުންގެ އިއްތިފާގުން އެފްއޭއެމްގެ ރައީސްކަމަށް ޠާރިޤު އިންތިޚާބުކޮށްފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) އިންތިހާބުކޮށްފިއެވެ.

އައު ރައީސްކަމަަށް ޠާރިޤު އިންތިހާބުކުރީ މިއަދު ބޭއްވި އެމްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ހުރިހާ ކުލަބުތަކެއްގެ އިއްތިފާގުންނެވެ. މިއަދު ވަނީ އޭނާ ހުށަހަޅުއްވާފައިވާ ހިންގާ ކޮމިޓީވެސް އިއްތިފާގުން ފާސްކޮށްފައެވެ.

ޖޫންމަހު 26ގައި ފާސްކުރި އަސާސީ ގަވާއިދުގެ ދަށުން މިއަދު ބޭއްވި އިންތިހާބުގައި ޠާރިޤާއި ވާދަކުރަން އެއްވެސް ކެނޑިޑޭޓަކު ނެތެވެ. އޭނާ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅީ ވޯޓު ލުމުގެ ފުރުސަތު ލިބިފައިވާ 23 ކުލަބުގެ ތާއީދާ އެކުގަ އެވެ.

‎ޠާރިޤު ހުށަހަޅާފައިވާ އެކްސްކޯގައި ތިން ނައިބް ރައީސުން ތިބެ އެވެ. އެއީ ނިއުރޭޑިއަންޓަށް ނިސްބަތްވާ ވެމްކޯގެ މުޖުތަބާ ޖަލީލް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ނިއުރޭޑިއަންޓް ވައިސް ޗެއާމަން އަލީ އިބްރާހީމް އާއި ކުރިން ވެސް އެފްއޭއެމުގެ ނައިބް ރައީސްކަން ކުރި މާޒިޔާގެ ހުސައިން ޝާފިއު (ކޮއްކީ) އެވެ. ދެން ހިމެނެނީ ޓީސީގެ އަޙްމަދު އައްބާސް އާއި ބީޖީގެ އަލީ ރިޒްވާން އާއި އޮޑި ސްޕޯޓްސް ކުލަބުގެ އަބްދުﷲ ނާސިހު އާއި ކުރީގެ ގައުމީ ކީޕަރު އިމްރާން މުޙައްމަދާއި ގައުމީ ޓީމަށް ކުޅުނު މުޙައްމަދު އުމެއިރެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހިމަނާފައިވަނީ ހައްވާ ނަސްރާ ސައީދާއި ހައްވާ ރަޝީދާ އެވެ.

‎ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު މިމަހު ހަމަވާއިރު ދެ އަހަރަށް ‎ފަހު އައު އިންތިހާބު މި ބޭއްވީ ފީފާއިން ކުރީގެ ރައީސް ބައްސާމް އަދަިލް ޖަލީލް ސަސްޕެންޑްކޮށް، ހުސްވި އަހަރު އެ އިދާރާ ނޯމަލައިޒޭޝަން ކޮމިޓީ އަކާ ހަވާލުކޮށް އެ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.