އއ. މާޅޮހު ފަޅުތެރޭ އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ފިހުނު 2 ބިދޭސީންނަށް މިހާރު ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.
އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކު ފިހިގެން އަނިޔާވިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 08:45 އެހާކަށްހާއިރު ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވިއެވެ. އެގޮތުން އެ 2 ބިދޭސީންނަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ އިތުރު ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެނެސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.