ކުރިއަށް އޮތް ބައިގަޑިއިރުގެ ތެރޭ މާލެއާއި ހުޅުމާލެއަށް ކަރަންޓުދެވޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު 9:30 އެހާ ކަންހާއިރު، މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ވިދާޅުވީ މުޅި ހުޅުމާލެއަށް ކަރަންޓު ދެވި، މާލޭގެ ގިނަ ސަރަހައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޯށްދެވިފައިވާ ކަމަށެވެ. އަދި ބާކީ ހުރި ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަޖައިޒްކޮށް، ސިންކްރޮނަލައިޒްކުރުމުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުންދާކަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ ކުރިއަށް އޮތް 40 މިނެޓުގެ ތެރޭގައި މުޅި މާލެއާއި ހުޅުމާލެއަށް ކަރަންޓުދެވޭނެ ކަމަށެވެ.
މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުވެސް މާލެއާއި ހުޅުމާލެއިން ކަރަންޓުދިޔައެވެ.