ޚަބަރު

މައްސަލަ ހައްލުކޮށް، މާލެއާއި ހުޅުމާލެއަށް ކަރަންޓުދީފި


  • މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:30 އެހާ ކަންހާއިރު

މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުދީފިއެވެ.

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:30 އެހާ ކަންހާއިރުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯއިން ވިދާޅުވީ މާލެއާއި ހުޅުމާލެއަށް މިހާރު އެއްކޮށް ކަރަންޓު ދެވިފައިވާކަމަށެވެ. އަދި ހުރިހާ ސަރަހައްދަކަށް ކަރަންޓުދިނީ 12:02ގައި ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ސްޓެލްކޯއިން ވިދާޅުވީ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނެވެ.