ކުޅިވަރު

ބިދޭސީ ދެ ފޯވާޑުންގެ ގޯލްތަކުން އީގަލްސް ތާވަލްގެ އެއްވަނައަށް


ރިސްތޭ ނައުމޯފް އަދި މުސްތަފާ މުހައްމަދު ސެޑިކްގެގޯލްތަކުން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއަރ ލީގްގެ ތާވަލްގެ އެއްވަނައަށް އީގަލްސްޖެހިލައިފިއެވެ. 

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކްލަބްއީގަލްސް ކުޅުނު މެޗް އެޓީމް ކާމިޔާބުކުރީ ހަތަރެއް ސުމެއްގެ ބޮޑު ތަފާތަކުންނެވެ. މީލީގުގައި މިހާތަނަށް ނިކުތް އެންމެ ތަފާތު ބޮޑު ނަތީޖާކަން ފާހަގަކޮށްލެވޭއެވެ.

މިއަދުގެ މެޗުގައި އީގަލްސްގެ ގޯލްތައް ޖައިދިނީ ބިދޭސީ ދެ ފޯވާޑުންކަމަށްވާ ރިސްތޭނައުމޯފް އަދި މުސްތަފާ މުހައްމަދު ސެޑިކެވެ. މެޗުގައި މި ދެ ކުޅުންތެރިންގެ ތެރެއިންކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ކާމިޔާބުކުރިއެވެ. 

މި ނަތީޖާއާއިއެކު އެއް މެޗްއިތުރަށް ކުޅެގެން އީގަލްސްވަނީ ވަގުތީގޮތުން ލީގް ތާވަލްގެ އެއްވަނައަށްޖެހިލާފައެވެ. ލީގުގެ ދެވަނާގައި އޮތް މާޒިޔާ މިރޭ ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ލީގުގެ އެއްވަނަ އަނެއްކާވެސް ލިބިގެންދާނެއެވެ.މިއަދު ހަވީރު ކުޅުނު މެޗުން ބަލިވި ވިކްޓްރީ އޮތީ ލީގުގެ ފުލުން ދެވަނާގައެވެ.